ޚަބަރު

އެޗް.ސީ.އެފް.ސީ. ފޭސްއައުޓް ތަމްރީނު ޕްރޮގްރާމެއް ކަސްޓަމްސްގެ މުވައްޒަފުންނަށް ބާއްވައިފި

25 އޮކްޓޯބަރ 2016

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ގުޅިގެން، ކަސްޓަމްސްގެ އޮފިސަރުންނަށް އަމާޒުކޮށްގެން ހިންގި “އޯ.ޑީ.އެސް ޓްރެއިނިންގް ޕްރޮގްރާމް” ނިމި، ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. ކަސްޓަމްސް ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސެޓްފިކެޓްތައް ބައްސަވައިދެއްވީ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް ޑރ. އަބްދުﷲ ނަސީރެވެ.

25 އޮކްޓޯބަރ ގައި ކުރިއަށް ގެންދެވުނު އެއްދުވަހުގެ މިޓްރޭނިންގް ޕްރޮގްރާމްގައި ދިވެހި ރާއްޖޭއިން މޮންޓްރިއަލް ޕްރޮޓޮކޮލްގައި ބަޔާން ކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށް ކުރެވޭ މަސައްކަތާއި ބެހޭ ގޮތުން ވާހަކަ ދެއްކެވިއެވެ. މީގެ އިތުރުން އޯޒޯންފަށަލައަށް ގެއްލުންދޭ މާއްދާތައް އެފަދަ ތަކެތި އެތެރެކުރުން ކޮންޓްރޯލް ކުރުމުގައި އެންފޯސްމަންޓް އޮފޮސަރުންގެ ޒިންމާގެ މައްޗަށްވެސް އަލިއަޅުވާލި އެވެ. ބައިވެރިންނާއި އެކު ހިންގުނު އަމަލީ ހަރަކާތަކުންނިމިގެންދިޔަ މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ކޮންރޯލް ކުރެވިފައިވާ ނުވަތަ މަނާކުރެވިފައިވާ އޯޒޯންފަށަލައަށް ގެއްލުންދޭ މާއްދާތައް އެތެރެކުރުމުގައި ގެންގުޅެންޖެހޭ އުސޫލުތަކަށް ކަސްޓަމްސް އޮފިސަރުން އަހުލުވެރިކޮށް ތަމްރީން ކުރުމުވެ. މިއަދުގެ ޓްރޭނިންގ ޕްރޮގްރާމްގައި 29 ކަސްޓަމްްސް އޮފިސަރުން ބައިވެރިވިއެވެ.

ނިމުންމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން، ސީނިއަރ ޕޮލިސީ އެގްޒެކެޓިވް ޑރ.ޢަަބްދުﷲ ނަސީރު، ބައިނަލްއަޤުވާމީ މުއާހަދާތައް ތަންފީޒުކުރުމުގައި ކަސްޓަމްސް އޮފިސަރުންގެ ދައުރު ފާހަގަކޮށް އެބޭފުޅުން ކުރައްވާ މަސައްކަތްތަކަށް ޝުކުރުއަދާ ކުރެއްވިއެވެ. މި ރަސްމިއްޔާތުގައި މިފަދަ ޓްރޭނިންގ ޕްރޮގްރާމްތަކުގެ ބޭނުންތެރިކަން ފާހަގަ ކުރައްވާ، އަދި އެކި މުއައްސަސާތަށް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ ޗީފް ސްޕްރިންޓެންޑެންޓް އަލްފާޟިލާ ފާތުމަތު ސޮދަފް ފާހަގަ ކުރެއްވިއެވެ.