މާލޭ އިންޑަސްޓްރިއަލް ވިލެޖްގެ ވަށާފާރު ރޭނުމަށް މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަނާ ޙަވާލުކޮށްފިއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މި މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް ޢަލީ އާމިރެވެ. އަދި މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ އަލްފާޟިލް އަހުމަދު ނަސީމެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތުގެ ޖުމްލަ އަގަކީ 797,226.00 ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 35 ދުވަހުގެ ތެރޭގައެވެ. މި މަސައްކަތަށް ފަންޑުކުރަނީ ދިވެހި ސަރުކާރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުންނެވެ.
ޚަބަރު
މާލޭ އިންޑަސްޓްރިއަލް ވލެޖްގެ ވަށާފާރު ރޭނުމަށް ބަޔަކާ ޙަވާލުކޮށްފި
![](https://www.environment.gov.mv/v2/wp-content/uploads/2016/11/20161129-pic-waste-boundary-industrial-village-01-800x450.jpg)