ޚަބަރު

ގދ. ވާދޫގައި ކުނިކޮށި ޤާއިމުކުރުމަށް ބަޔަކާ ޙަވާލުކޮށްފި

25 ޖަނަވަރީ 2017

ގދ. ވާދޫގައި ކުނިކޮށި ޤާއިމުކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ އެކަމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައިޒާ ޕްރައިވެޓް ލިމިޓެޑާއެވެ. މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި ރައިޒާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އަހުމަދު ހުސެއިނެވެ.

ތިންމަސް ދުވަސްތެރޭގައި ނިންމާގޮތަށް ޙަވާލުކުރެވުނު މި މަސައްކަތުގެ ޖުމްލަ އަގަކީ 1,165,428.84 ދިވެހި ރުފިޔާއެވެ.