ޚަބަރު

ނެޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަނާ ގުޅޭ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

30 ޖަނަވަރީ 2017

“ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން” (އެން.ޑީ.ސީ) މަސައްކަތު ބައްދަލުވުން މިއަދު ބާއްވައިފިއެވެ. މިއަދު ހެނދުނު ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވުނު މި ބައްދަލުވުން ފައްޓަވައިދެއްވީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޑިރެކްޓަރ، އަލްފާޟިލް އަމްޖަދު ޢަބްދުﷲ އެވެ.

މި މަސައްކަތު ބައްދަލުވުމުގައި ސަރުކާރުގެ އެކި ވުޒާރާތަކުންނާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ކަމާގުޅޭ އެހެނިހެން ކުންފުނިތަކުން 30 ބޭފޅުން ވަނީ ބައިވެރިވެފައެވެ.

ރާއްޖޭގެ ފަރާތުން ތައްޔާރުކޮށްފައިވާ އައި.އެން.ޑީ.ސީ. ގައި މޫސުމަށް އަންނަ ބަދަލުތައް މެދުވެރިކުރުވާ ވިހަ ގޭސްތައް މަދުކުރުން، ނުވަތަ މިޓިގޭޝަނަށް ޚާއްސަ ކުރެވޭ ފިޔަވަޅުތަކާއި، މިކަމުން ލިބޭނެ ގެއްލުންތައް ކުޑަކުރުމަށް އަޅާނެ އެޑެޕްޓޭޝަން ފިޔަވަޅުތައް ހިމެނެއެވެ.