އައްޑޫ ސިޓީގެ ހުޅުމީދޫ އަދި ފުވައްމުލައް ސިޓީ އަށް ޑަސްޓްބިނާއި ކޮމްޕޯސްޓިންގ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށަ ބަޔަކާ ޙަވާލުކޮށްފިއެވެ. އެގޮތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ އެންޓްރާންސް ޕްރައިވެޓް ލިމިޓެޑާއެވެ. މިނިސްޓްރީގެ ފަރާތުން މި މަސައްކަތު އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި އެންޓްރާންސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އަލްފާޟިލް ހަސަން ސަޢީދެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 695,688.65 ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 32 ދުވަހުގެ ތެރޭގައެވެ.
ޚަބަރު
އައްޑޫ ސިޓީގެ ހުޅުދޫ ، މީދޫ އަދި ފުވައްމުލައް ސިޓީ އަށް ޑަސްޓްބިނާއި ކޮމްޕޯސްޓިންގ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށަ ބަޔަކާ ޙަވާލުކޮށްފި
![](https://www.environment.gov.mv/v2/wp-content/uploads/2017/02/20170226-pic-dustbin-composting-hulhudhoo-fuvahmulah-800x450.jpg)