އދ. ހަންޔާމީދޫ ،އދ. އޮމަދޫ އަދި ލ. މާވަށުގައި ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމް.އާރް.ޑީ.ސީ) އާއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމް.އާރް.ޑީ.ސީ) ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުހައްމަދު ނިމާލެވެ. މި ޕްރޮޖެކްޓުގެ ދަށުން މި ތިން ރަށުގެ ނަރުދަމާގެ ނެޓްވޯކާއި ޕަމްޕް ސްޓޭޝަންތަކާއި ، ސީ އައުޓްފޯލް އަދި ނަރުދަމާއާއި ގުޅޭ ލޭބަރ މަސައްކަތްތައް ކުރިއަށް ގެންދެވޭނެއެވެ.
ޚަބަރު
އދ. ހަންޔާމީދޫ ،އދ. އޮމަދޫ އަދި ލ. މާވަށުގައި ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރުމަށް ބަޔަކާ ޙަވާލުކޮށްފި
![](https://www.environment.gov.mv/v2/wp-content/uploads/2017/06/20170504-pic-labour-works-sewerage-facilities-hanyaameedho-omadhoo-maavah-01-800x450.jpg)