ރ. ރަސްމާދޫ، ރ. މާކުރަތު އަދި ފ. ފީއަލީގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރުމަށް އެމް.އޯ.ޔޫ ގައި ސޮއިކޮށްފިއެވެ. މި އެމް.އޯ.ޔޫ ގައި ސޮއިކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާއި މިނސްޓްރީއާ ދެމެދުއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އަހުމަދު ކުރިކް ރިޒާ މި ޕްރޮޖެކްޓުގެ ދަށުން މި ތިން ރަށުގެ ނަރުދަމާގެ ނެޓްވޯކާއި ޕަމްޕް ސްޓޭޝަންތަކާއި ، ސީ އައުޓްފޯލް އަދި ނަރުދަމާއާއި ގުޅޭ ލޭބަރ މަސައްކަތްތައް ކުރިއަށް ގެންދެވޭނެއެވެ.
ޚަބަރު
ރ. ރަސްމާދޫ، ރ. މާކުރަތު އަދި ފ. ފީއަލީގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރުމަށް އެމް.އޯ.ޔޫ ގައި ސޮއިކޮށްފި
![](https://www.environment.gov.mv/v2/wp-content/uploads/2017/06/20170504-pic-labour-works-sewerage-facilities-rasmaadhoo-maakurathu-feeali-01-800x450.jpg)