ހއ، ހދ އަދި ށ އަތޮޅުގެ 05 ރަށަކަށް ކުނި މެނޭޖްކުރާ އިކުއިޕްމަންޓް ސަޕްލައިކޮށް ޑެލިވަރ ކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. މީގެ ތެރޭގައި ހިމެނޭ ރަށްތަކަކީ ހދ. ނޮޅިވަރަންފަރު، ށ. ގޮއިދޫ، ށ، މާއުނގޫދޫ، ށ، މިލަންދޫ އަދި ށ. ކޮމަންޑޫއެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ ނިއޯމެޑް މޯލްޑިވްސް ޕްރިވެޓް ލިމިޓެޑާއެވެ. އެގޮތުން މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި ނިއޯމެޑް މޯލްޑިވްސް ޕްރިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ހުސެއިން ރަޝީދެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 3,499,086.50ރ ( ތިން މިލިއަން ހަތަރުސަތޭކަ ނުވަދިހަނުވަހާސް އަށްޑިހަހަ ރުފިޔާ ފަންސާސް ލާރި) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 126 ދުވަހުގެ ތެރޭގައެވެ.
ޚަބަރު
ހއ، ހދ އަދި ށ އަތޮޅުގެ 05 ރަށަކަށް ކުނި މެނޭޖްކުރާ އިކުއިޕްމަންޓް ސަޕްލައިކޮށް ޑެލިވަރ ކުރުމަށް ބަޔަކާ ޙަވާލުކޮށްފި
![](https://www.environment.gov.mv/v2/wp-content/uploads/2017/06/20170528-pic-supply-delivery-waste-mgmt-equipment-5islands-01-800x450.jpg)