ޚަބަރު

ހއ. ތުރާކުނުގެ ކުނި މެނޭޖުކުރާ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފި

28 މެއި 2017

ހއ. ތުރާކުނުގެ ކުނި މެނޭޖުކުރާ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. އެގޮތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ އީ ފައިވް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި އީ ފައިވް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އީސާ ޚަލީލެވެ.
މި މަސައްކަތުގެ ޖުމްލަ އަގަކީ 995,338.62ރ ( ނުވަލައްކަ ނުވަދިހަފަސްހާސް ތިންސަތޭކަތިރީސްއަށް ރުފިޔާ ފަސްދޮޅަސް ދެލާރި) ދިވެހި ރުފިޔާއެވެ. މިއީ ސަރުކާރުގެ ޕަބްލިކް ސަރވިސް އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އަދި މި މަސައްކަތުގެ މުއްދަތަކީ 90 ދުވަހެވެ.