ހުވަދުއަތޮޅުގެ 10 ރަށަކަށް ކުނި މެނޭޖްކުރަން ބޭނުންވާ އިކުއިޕްމަންޓް ސަޕްލައިކޮށް ޑެލިވަރކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. އޭގެ ތެރޭގައި ހިމެނޭ ރަށްތަކަކީ ގއ. މާމެންދޫ، ގއ. ދެއްވަދޫ، ގއ. ކޮނޑޭ، ގއ. ގެމަނަފުށި، ގދ. މަޑަވެލި ، ގދ. ހޯޑެއްދޫ، ގދ. ނަޑެއްލާ، ގދ. ގައްދޫ، ގދ. ފިޔޯރީ އަދި ގދ. ވާދޫއެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ ނިއޯމެޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި ނިއޯމެޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އަލްފާޟިލް ހުސެއިން ރަޝީދެވެ.
މި މަސައްކަތުގެ ޖުމްލަ އަގަކީ 6,998,173 ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 140 ދުވަހުގެ ތެރޭގައެވެ.
ޚަބަރު
ހުވަދުއަތޮޅުގެ 10 ރަށަކަށް ކުނި މެނޭޖްކުރަން ބޭނުންވާ އިކުއިޕްމަންޓް ސަޕްލައިކޮށް ޑެލިވަރކުރުމަށް ބަޔަކާ ޙަވާލުކޮށްފި
![](https://www.environment.gov.mv/v2/wp-content/uploads/2017/06/20170608-pic-supply-waste-mgmt-equipment-10islands-ga-dh-01-800x450.jpg)