ޚަބަރު

މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އަމާޒުކޮށްގެން “އިންޑަސްޓްރީ ޑައިލޮގް” ނަމުގައި ބައްދަލުވުމެއް ކުރިޔަށް ގެންގޮސްފި

14 އޯގަސްޓް 2017

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް(ޔޫ.އެން.އީ.ޕީ.) ގުޅިގެން މިއަދު ދަރުބާރުގޭގައި ދެމެހެއްޓެނިވި ގޮތުގައި މެރިން އަދި މަސްވެރިކަމުގެ ދާއިރާގައި ބޭނުންކުރާ ރެފްރިޖަރޭޝަން ޓެކްނޮލޮޖީތަކާއި ބެހޭ ގޮތުން ފިޝަރީޒް ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އަމާޒުކޮށްގެން “އިންޑަސްޓްރީ ޑައިލޮގް” ނަމުގައި ބައްދަލުވުމެއް ކުރިޔަށް ގެންގޮސްފިއެވެ. މިއީ މިމަހު 14 އިން 16 ށް ‘އޯޒޯން ޓު ކްލައިމެޓް ޓެކްނޮލޮޖީ އެކްސްޕޯ 2017’ ގެ ނަމުގައި ބޭއްވޭ މައުރަޒެގެ ތެރޭގައި ކުރިޔަށް ގެންދެވުނު ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި ފިޝަރީޒް ދާއިރާގައި މަސައްކަތްކުރައްވާ މައިގަނޑު ބައެއް ފަރާތްތަކުންނާއި، ބޭރުގެ ބައެއް ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

މިމައުރަޒަކީ 2011 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއަށް އެޗް.ސީ.އެފް.ސީ ގޭސް އެތެރެކުރުން ކޮންޓްރޯލްކުރަން ފެއްޓުމާއެކު، ދުނިޔޭގެ ބާޒާރުގައި ލިބެންހުރި ތިމާވެއްޓާ ރައްޓެހި ރެފްރިޖަރޭޝަން އަދި އެއަރ ކޮންޑިޝަނިންގ އުފެއްދުންތައް ދައްކާލުމަށްޓަކައި އެކި ޤައުމުތަކުގައި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމްއިން ބޭއްވި މައުރަޒެކެވެ.