ޚަބަރު

ހއ. ހޯރަފުށީގައި ރަށު ފެންވަރުގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމަށް ބަޔަކާ ޙަވާލުކޮށްފި

28 ސެޕްޓެމްބަރ 2017

ހއ. ހޯރަފުށީގައި ރަށު ފެންވަރުގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ އޒްރޯވާ ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް ޢަލީ އާމިރެވެ. އަދި އަޒްރޯވާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ އަލްފާޟިލް މުޙައްމަދު ތައުފީޤެވެ.

މި މަސައްކަތަކީ ދިވެހި ސަރުކާރުގެ ޕަބްލިކް ސާރވިސް އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އަދި މި މަސައްކަތުގެ ޖުމްލަ އަގަކީ  953,763.27(ނުވަ ލައްކަ ފަންސާސް ތިން ހާސް ހަތް ސަތޭކަ ފަސްދޮޅަސް ތިން ރުފިޔާ ހަތާވީސް ލާރި) ދިވެހި ރުފިޔާއެވެ.

މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 90 ދުވަހުގެ ތެރޭގައެވެ.