ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ދ. މާއެނބޫދޫގެ ނަރުދަމާ ނިޒާމު އިފްތިތާޙްކޮށް ދެއްވައިފި

1 ނޮވެމްބަރ 2017

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ދ. މާއެނބޫދޫގެ ނަރުދަމާ ނިޒާމު އިފްތިތާޙްކޮށް ދެއްވައިފިއެވެ. މިއަދު ހެނދުނު ދ. މާއެނބޫދޫގެ ނަރުދަމާ ނިޒާމު އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކައި އެރަށުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ދ. މާއެނބޫދޫގެ ނަރުދަމާ ނިޒާމު ޤާއިމުކުރުމަށް މާލެ ވޯޓަރ އެންޑް ސުުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ޙަވާލުކުރެވުނީ 19 އޮގަސްޓް 2014 ގައެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 05 ޖެނުއަރީ 2016 ގައެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް ނިމިފައިވަނީ 08 ސެޕްޓެމްބަރު 2016 ގައެވެ.

ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގި މި މަޝްރޫޢުގެ ޖުމްލަ އަގަކީ 28,451,389.30 (އަށާވީސް މިލިއަން ހަތަރު ސަތޭކަ ފަންސާސް އެއް ހާސް ތިން ސަތޭކަ އަށްޑިހަ ނުވަ ރުފިޔާ ތިރީސް ލާރި) ދިވެހި ރުފިޔާއެވެ.

ނަރުދަމާގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި މި މަޝްރޫޢު ހިންގާ ބެލެހެއްޓުން ޙަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރެޝަން ލިމިޓެޑާއެވެ.