މި މިނިސްޓްރީއާއި އ.ދ ގެ ތިމާވެއްޓާއިބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) އެހީގެ ދަށުން، ކުރިއަށް ގެންދާ “ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް” މަޝްރޫޢުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތައް ހިންގުމުގައި ބޭނުންކުރާނެ ހަތަރު ވީޑިއޯ ސްޕޮޓް ތައްޔާރުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މި މިނިސްޓްރީގެ ޕަރމަނެންޓް ސެކްރެޓަރީ އަލްފާޟިލް އަޖްވަދު މުސްޠަފާއެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ އަލްފާޟިލް ޢަބްދުﷲ ޔާމީން އަށެވެ. މި މަސައްކަތުގެ އަގަކީ 100،000 ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 2016 އަށެވެ