ޚަބަރު

ބ. ތުޅާދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވައިފި

26 ޑިސެމްބަރ 2017

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ބ. ތުޅާދޫގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތު އިފްތިތާޙްކޮށްދެއްވައިފިއެވެ.

މި މަޝްރޫޢުއަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ކެޕިޓަލް އިންވެސްޓްމަންޓް އެންޑް ފައިނޭންސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ. މި މަޝްރޫޢު ފަށާފައިވަނީ 13 ނޮވެމްބަރު 2015 ގައެވެ. އަދި މި މަޝްރޫޢު ނިމިފައިވަނީ 29 ނޮވެމްބަރު 2016 ގައެވެ.

މި މަޝްރޫޢުގެ ޖުމްލަ އަގަކީ 10,664,826.87 ދިވެހި ރުފިޔާއެވެ. މިއީ ދިވެހި ސަރުކާރުގެ ޕަބްލިކް ސާރވިސް އިންވެސްޓްމަންޓް (ޕީއެސްއައިޕީ) ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން ބ. ތުޅާދޫގެ ގިރާ ސަރަޙައްދުގައި 355 މީޓަރުގެ ބޮޑު ހިލައިގެ ތޮށި ވަނީ ޤާއިމުކޮށްފައެވެ.