ބީލަން

ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު: 3 އެނިމޭޓެޑް ވީޑިއޯ ސްޕޮޓް އުފެއްދުން

1 ސެޕްޓެމްބަރ 2016 (IUL)438-PDU/438/2016/227

ނަންބަރު: IUL)438-PDU/438/2016/227)
ތާރީޚް: 29 އޯގަސްޓް 2016

ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު
3 (ތިނެއް) އެނިމޭޓަޑް ވީޑިޔޯ ސްޕޮޓް ތައްޔާރުކުރުން

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން ތިން އެނިމޭޓަޑް ވީޑިޔޯ ސްޕޮޓް ހަދައި ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ އިން އަރުވަމެވެ.

މިމަސައްކަތުގެ “ބިޑް ޑޮކިއުމަންޓް” މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް 6 ސެޕްޓެމްބަރ 2016 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

މި މި ބީލަމުގައި ބައިވެރިވަޑައިގެންނެވުމަށް ޝަޢުޤުވެރިވާ ފަރާތްތަށް procurement@environment.gov.mv އަށް ބިޑަރސް ރެޖިސްޓްރޭޝަން ޕޯރމް ފުރިހަމަ ކުރެއްވުމަށްފަހު އީމެއިލް ކުރައްވައިގެން ރެޖިސްޓްރީ ކުރަންވާނެއެވެ. ރެޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވަޑައިގަތުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ބީލަން ހުށަހެޅުމަށް ރެޖިސްޓްރީ ކުރެވޭނެ އެންމެފަހު ތާރީޚަކީ 06 ސެޕްޓެމްބަރ 2016 އެވެ.

ބީލަން ހުޅުވުން
ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 8 ސެޕްޓެމްބަރ 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައި މި މަސައްކަތަށް ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާގޮތަށް ޖެއްސެވުމަށްފަހު 08 ސެޕްޓެމްބަރ 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 ގައި ހުށަހެޅުއްވުން އެދެމެވެ.
“3 (ތިނެއް) އެނިމޭޓެޑް ވީޑިޔޯ ސްޕޮޓް ތައްޔާރު ކުރުން: IUL)438-PDU/438/2016/227)”

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ޕްރޮކިޔުމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ