ތާރީޚް: 08 ސެޕްޓެމްބަރ 2016
ނަންބަރު: IUL)438-ECAS/438/2016/238)
އިޢުލާން
މި މިނިސްޓްރީއިން ނެރުމަށް ހަމަޖެހިފައިވާ “އޭން އެންވަޔަރަންމަންޓް ކުލަބް ގައިޑްލައިން” ފޮތް ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ސްކޫލް ދަރިވަރުންނަށް އަމާޒު ކުރެވިގެން ސްކޫލްތަކުގެ އެންވަޔަރަންމަންޓް ކުލަބުތައް ހިންގުމުގެ ގައިޑްލައިން ފޮތް “އޭން އެންވަޔަރަންމަންޓް ކްލަބް ގައިޑްލައިން” ޗާޕު ކޮށްދޭނޭ ފަރާތެއް ހޯދުމަށް 2016 ސެޕްޓަމްބަރ 22 ވަނަ ދުވަހު ކުރެވުނު (IUL)438-ECAS/438/2016/202 އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް ޝަޢުޤުވެރިކަން ފާޅުކޮށްފައި ނުވާތީވެ، އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މަތީގައި ދެންނެވުނު ފަދައިން ސްކޫލް ދަރިވަރުންނަށް އަމާޒު ކުރެވިގެން ސްކޫލްތަކުގެ އެންވަޔަރަންމަންޓް ކުލަބުތައް ހިންގުމުގެ ގައިޑްލައިން ފޮތް “އޭން އެންވަޔަރަންމަންޓް ކްލަބް ގައިޑްލައިން” ޗާޕު ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި ފޮތް ޕްރިންޓްކުރެވެންވީ ގޮތާއި ބެހޭ އިތުރު މަޢުލޫމާތު ހިމެނޭ ‘ޓާމްސް އޮފް ރިފަރެންސް’ މިނިސްޓްރީގެ ވެބްސައިޓުން (www.environment.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ޕްރީ ބިޑް ބައްދަލުވުން
މިމަސައްކަތުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 2016 ސެޕްޓެމްބަރ 18 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައެވެ. އަދި މި ދެންނެވި ތާރީޚްގައި ޕްރީ ބިޑް ބައްދަލުވުމުގައި ބައިވެރިވެ ނުލައްވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ބިޑު ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ސެޕްޓެމްބަރ 25 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެންޑް އެނާރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ބީލަން ހުށަހަޅުއްވާ ސިޓީ އުރައިގައި “އޭން އެންވަޔަރަންމަންޓް ކްލަބް ގައިޑްލައިން ޗާޕުކުރުމާބެހޭ” މިހެން ލިޔެވިފައިވާންވާނެއެވެ.
ހުށަހަޅަންވީ ތަކެތި:
• މަސައްކަތުގެ އަގު:
o ފޮތް ޗާޕުކޮށް އަދި ބައިންޑް ކުރެވޭނެ އަގު
• ސާމްޕަލް ބުކްލެޓް ނުވަތަ ގަނޑު (ޗާޕް ކޮލިޓީ ބެލުން)
• ޓެކްނިކަލް ސްޕެސިފިކޭޝަން: މިނިސްޓްރީން ބޭނުންވާ ސްޕެސިފިކޭޝަންއަށް ނުފެތޭކަމުގައިވާނަމަ ހުށަހަޅުއްވާ ސްޕެސިފިކޭޝަންގެ ތަފްޞީލު
• ހުށަހަޅާފައިވާ އަންދާސީހިސާބު ބާތިލުވާ މުއްދަތު މަދުވެގެން 45 ދުވަސް ކަމުގައިވުން
• ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ، މި މަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)
• މިފަދަ މަސައްކަތެއް ކުރިން ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން
ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، ދިވެހިރާއްޖެ
ފޯނު: +(960) 301 8 337 ނުވަތަ +(960) 301 8 300
ފެކްސް: +(960) 301 8 301
އީމެއިލް: procurement@environment.gov.mv
މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ފޮނުއްވާއިރު ސަބްޖެކްޓްގައި “އޭން އެންވަޔަރަންމަންޓް ކްލަބް ގައިޑްލައިން ޗާޕުކުރުމާބެހޭ” ޖައްސަވާފައި ފޮނުއްވުން އެދެމެވެ.
08 ސެޕްޓެމްބަރ 2016