ބީލަން

5 ރަށުގެ އީ.އައި.އޭ. ރިޕޯޓާއި 14 ރަށުގެ އީ.އެމް.ޕީ. ރިޕޯޓު ތައްޔާރުކުރުން – ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް މަޝްރޫޢު – 2 ވަނަ ފުރުޞަތު

15 ޑިސެމްބަރ 2016 (IUL)438/1/2016/188

  • ހުށަހަޅަންޖެހޭ ތާރީޚު
    16 ޖަނަވަރީ 2017 12:00:00
ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން އޮޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް)ގެ ލޯން އެހީގެ ދަށުން ކުރިއަށްގެންދާ ”ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް”ގެ ދަށުން ވޭސްޓް މެނޭޖްމެންޓް ނިޒާމްތަކުގެ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ އީ.އައި.އޭ ރިޕޯޓާއި އީ.އެމް.ޕީ ރިޕޯޓު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިގޮތުން މި މަޝްރޫޢުގެ ދަށުން 5 (ހއ. މާރަންދޫ، ހއ. އުލިގަމު، ށ. ފޭދޫ، ށ. ކަނޑިތީމު އަދި ށ. ޅައިމަގު) ރަށުގެ އީ.އައި.އޭ ރިޕޯޓާއި 14 (ހއ. މޮޅަދޫ، ހއ. މުރައިދޫ، ހއ. ތަކަންދޫ، ހދ. ފިނޭ، ހދ. ހިރިމަރަދޫ، ހދ. ކުމުންދޫ، ހދ. ކުރިންބި، ހދ.މަކަނުދޫ، ހދ. ނޭކުރަންދޫ ، ހދ. ނޮޅިވަރަމް، ހދ. ވައިކަރަދޫ، ށ. ބިލެއްފަހި، ށ. ފީވައް އަދި ށ. ނޫމަރާ) ރަށުގެ އީ.އެމް.ޕީ ރިޕޯޓު ތައްޔާރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތުގެ މަޤުސަދުގެ ތެރޭގައި އީ.އައި.އޭ އާއި އީ.އެމް.ޕީ ސްކޯޕިންގއަށް އެޕްލިކޭޝަން ހުށަހެޅުމާއި، އީ.އައި.އޭ އާއި އީ.އެމް.ޕީ ސްކޯޕިންގ މީޓިންގައި ފާހަގަކުރާ ކަންތަކަށް ރިޔާޢަތްކޮށް ސާރވޭ މަސައްކަތްތައް ކުރުމާއި، އީ.އައި.އޭ އާއި އީ.އެމް.ޕީ ތައްޔާރުކުރުމާއި، އީ.އައި.އޭ އާއި އީ.އެމް.ޕީ ރިވިއުއަރސް އެދިވަޑައިގަންނަވާ ސުވާލުތަކަށް ޖަވާބުދާރީވުން ހިމެނެއެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ކޮންސަލްޓަންޓުންނަށް “ޕްރޮޕޯސަލް” ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީން އަރުވަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތްކުރުމުގެ ޤާބިލްކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު (ބްރޯޝަރ، ދާއިރާއިންކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ، ކުންފުނީގެ ފަރާތުން ޕްރޮޖެކްޓްގައި ބައިވެރިވާ ފަރާތްތަކުގެ އަދަދާއި ލިބިފައިވާ ތައުލީމީ ފެންވަރު އަދި އެހެނިހެން މައުލޫމާތު) ހުށަހަޅަންވާނެއެވެ.

މި މަސައްކަތުގެ “ޓާރމްސް އޮފް ރެފަރެންސް” މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް ބޭނުންވެއްޖެނަމަ ލިޔުމުން މިމިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

“ޕްރޮޕޯސަލް” ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ ތިރީގައިވާ އެޑްރެހަށެވެ. ބީލަން ހުޅުވުން އޮންނާނީ ޝައުޤުވެރިވާ ފަރާތްތަކުގެ ހާޒިރުގައި 2017 ޖަނަވަރީ 16 ވަނަ ދުވަހުގެ 12:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައެވެ.

އޯފިޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ފޯން: 453-3018-960+/ 454-3018-960+
ފެކްސް: 301-3018-960+
އީމެއިލް: ofid.pmu@environment.gov.mv

“ޕްރޮޕޯސަލް” ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި “ޕްރޮޕޯސަލް” މި މަސައްކަތުގެ ނަމާއި، ހުށަ ހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޙާއި ވަގުތު ލިޔެފައި އޮންނަންވާނެއެވެ.

ބުރު ރެފަރެންސް ނަމްބަރު. ޕަބްލިޝްކުރި ތާރީޚު
1 (IUL)438/1/2016/188 15 ޑިސެމްބަރ 2016