ޚަބަރު

ކަސްޓަމްސް އާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މުވައްޒަފުންނަށް ސައިޓީސްއާ ބެހޭ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި

18 އޯގަސްޓް 2016

ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީސް އޮފް ވައިލްޑް ފައުނާ އެންޑް ފްލޮރާ” (ސައިޓްސް) އާ ގުޅޭގޮތުން ކަސްޓަމްސްގެ މުވައްޒަފުންނާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ. އެއް ދުވަހުގެ ކުރިއަށް ގެންދިޔަ މި މަސައްކަތު ބައްދަލުވުން އޮތީ ކަސްޓަމްސް ބިލްޑިންގ ގައެވެ. މިމަސައްކަތު ބައްދަލުވުމަކީ ސައިޓީސްއާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށާއި މިކޮންވެންޝަން ތަންފީޒުކުރުމުގައި އެ މުއައްސަސާތަކުގެ ޒިންމާ އޮންނަގޮތް ކިޔާދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދެވޭ ބައްދަލުވުމެކެވެ. މިގޮތުން މިމަސައްކަތު ބައްދަލުވުމުގައި ސައިޓްސް ތަޢާރަފް ކޮށްދިނުމާއި، މެނޭޖްމަންޓް އޮތޯރިޓީ އަދި ސައިންޓިފިކް އޮތޯރިޓީގެ ޒިންމާތައް ބަޔާންކޮށްދިނުމާއި، ސައިޓްސް ތަންފީޒުކުރާ އޭޖެންސީގެ ޒިންމާގެ އިތުރުން ސައިޓްސްގެ ދަށުން ހިމާޔަތްކުރެވިފައިވާ ދިރޭތަކެތި ބައްދަލުވުމުގެ ބައިވެރިންނާއި ހިއްސާކުރެއްވިއެވެ.

[“media id=”951]

ސައިޓީސްއަކީ 19 ޖުލައި 1975ގައި އިފްތިތާޙްކުރެވި، މިއަދާއި ހަމައަށް 180 ގައުމެއް ބައިވެރިވެފައިވާ ކޮންވެންޝަންއެކެވެ. ސައިޓީސްގެ މެންބަރުކަން ރާއްޖެއަށް ލިބުނީ 12 މާރޗް 2013 ގައެވެ.

މިމަސައްކަތު ބައްދަލުވުން ނިންމާލުމުގެ ރަސްމިއަޔާތުގައި މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކަޓިވް އަލްފާޟިލް ޢަބްދުﷲ ނަސީރު ބައިވެރިވެވަޑައިގެންނެވިއެވެ. މިބައްދަލުވުން ނިންމުމުގެ ގޮތުން ބައިވެރިންނަށްވަނީ މަސައްކަތު ބައްދަލުވުން ފުރިހަމަ ކުރިކަމުގެ ހަނދާނީ ލިޔުން ޙަވާލުކުރައްވާފައެވެ.

މި މަސައްކަތު ބައްދަލުވުމުގައި ޖުމްލަ 47 ބޭފުޅުން ވަނީ ބައިވެރިވެފައެވެ. މިއީ ސައިޓްސް އަށް އަހުލުވެރިކުރުމުގެ ގޮތުން ބޭއްވި 05 ވަނަ ބޮޑު ޓްރެއިނިންގ އެވެ.