ޚަބަރު

ހއ. އިހަވަންދޫ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފަށައިފި

25 އޯގަސްޓް 2016

ހއ. އިހަވަންދޫގެ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަސައްކަތް ހަވާލު ކުރެވިފައިވަނީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީއާއި އެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ތާރިޤް އިބްރާހިމް އެވެ.

މި މަޝްރޫޢުއަށް 66,575,205.71 ރުފިޔާ ޚަރަދު ކުރެވޭނެއެވެ. މި މަޝްރޫޢު ނިންމުމަށް ކަނޑައެޅިފައިވަނީ 31 ޖުލައި 2017 ގައެވެ. މި މަޝްރޫޢުގެ ދަށުން ހއ.އިހަވަންދޫގައި ނަރުދަމާ ހޮޅިއެޅި، ޕަންޕް ސްޓޭޝަން ބަހައްޓާ އަދި އައުޓްފޯލް ސިސްޓަމް ގާއިމްކުރެވޭނެއެވެ. މި މަޝްރޫޢުގެ ދަށުން ހއ.އިހަވަންދޫގެ ރައްޔިތުންނަށް ނަރުދަމާ ނިޒާމްގެ ހިދުމަތް ފޯރުކޮށް ދެވިގެން ދާނެއެވެ.