މޭ 16 އިން 17 އަށް ކުރިއަށްދާ މި ޕްރޮގްރާމްގައި ޔޫއެންއެފްސީސީސީ، ކޮޕް26 ޕްރެސިޑެންސީ، އިންކަމިންގް ކޮޕް ޕްރެސިޑެންސީ، ޕޮލިސީ އެކްސްޕާރޓުން، އަދި ތަރައްޤީވެފައިވާ ޤައުމުތަކުގެ ސަރުކާރުގެ އިސްވެރިންގެ އިތުރުން ސިޑްސް އަދި ނާޒުކު ތިމާވެށިތައް ހުރި ޤައުމުތަކުން ވަނީ ބައިވެރިވެފައެވެ.
ޖީޖީއޭ އަކީ ޕެރިސް އެގްރީމެންޓް ގެ ކީ އޮބްޖެކްޓިއެކެވެ. މީގެ މައިގަނޑު އެއް އަމާޒަކީ އެޑެޕްޓިވް ކެޕޭސިޓީ ތަރައްޤީކުރުމާއިއެކު ނާޒުކު ތިމާވެއްޓެއް އޮތް ޤައުމުތަކުގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށްދިޔަނުދީ ހިފެހެއްޓުމެވެ.
މި ޕްރޮގްރާމްގައި އިޖިޕްޓްގެ މިނިސްޓަރ އޮފް އެންވަޔަރަމެންޓް އެންޑް ކޮޕް27 އެންވޯއީ އެންޑް މިނިސްޓީރިއަލް ކޯޑިނޭޓަރ ޑރ ޔާސްމީން ފުއާދު، ކޮޕް 26 ގެ ރީޖަނަލް އެމްބެސެޑަރ ކެނެތް ޖޭމްސް އޯ ފްލެހާރޓީ،މާރޝަލް އައިލެންޑްސްގެ ކްލައިމެޓް އެންވޯއީ ކެތީ ޖެޓްނިލް – ކިންޖިނަރ ، މިނިސްޓްރީ އޮފް އެންވަޔަރަމެންޓް ފޮރެސްޓް އެންޑް ކްލައިމެޓް ޗޭންޖް އިންޑިޔާގެ ސެކްރެޓަރީ ލީލާ ނަންދަން ، ބަހްރެއިންގެ ސްޕެޝަލް އެންވޯއީ ފޯރ ކްލައިމެޓް އެފެއާރސް ޑރ މުހައްމަދު ބިން މުބާރަކް ބިން ޑައިނާ، ޔޫއެންއެފްސީސީސީގެ އެކްޒެކެޓިވް ސެކްރެޓަރީ ޕެޓްރީޝީޔާ އެސްޕިނޯސާ ބައިވެރިވެ ވަޑައިގަންނަވައެވެ.
ޕްރޮގްރާމް ފައްޓަވައިދެއްވާފައިވަނީ މިނިސްޓަރ އޮފް އެންވަޔަރަމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ އެވެ. ފައްޓަވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ޝައުނާ ވިދާޅުވެފައިވަނީ ރާއްޖޭގެ ސަރުކާރުގެ ބަޖެޓްގެ 30 ޕަސެންޓް ހޭދަވަނީ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމާއި ގުޅުން ހުރި ކަންކަން ކުރުމަށް ކަމަށެވެ. މި ކަމަށް ލިބޭ ފަންޑު ފިނިހަކަ ދުވެލީގައި ލިބިގެން ނުކުރެވޭނެ ކަމަށެވެ.
ޕްރޮގްރާމްގެ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންފައިވަނީ ނައިބް ރައީސް ފައިސަލް ނަސީމްއެވެ. ނައިބް ރައީސް ވިދާޅުވީ ރާއްޖެއަށް ދިމާވާ ގިނަ މައްސަލަތައް ތަކަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިފައިވާ މައްސަލަތަކެވެ. އެހެންކަމުން މި ފަދަ ޕްރޮގްރާމްތަކުގެ މުހިއްމުކަން ރާއްޖެއަށް ވަރަށް ބޮޑެވެ.
މި ޕްރޮގްރާމްގެ ތެރެއިން މިއަދު ވަނީ ހައިލެވެލް ޕެނަޝަލް ޑިސްކަޝަން ތަކާއި، މޮޑެރޭޓެޑް ޕްލިނަރީ ޑިސްކަޝަން އަދި ބައިލެޓްރަލް ބައްދަލުވުންތަކެއެވެ.
މި ލޯންޗިންގް އިވެންޓް އަމާޒުކޮށްފައިވަނީ ސިޔާސީގޮތުން ލިބެންޖެހޭ ފުރިހަމަ އެއްބާރުލުމާއިއެކު، ޖީޖީއޭ ވޯރކް ޕްރޮގްރާމް ފެށިގެންދިއުމެވެ. ނަތީޖާއެއްގެގޮތުން ވޯރކިންގް ގްރޫޕް 2 ރިޕޯރޓް އޮފް ދަ އިންޓަރގަވަރމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) ފަދަ ގްރޫޕްތަކުން އެޑެޕްޓޭޝަން އަދި ރެސީލިއެންސް ބިލްޑްކުރުމުގައި ދިމާވާ ގޮންޖެހުންތައް ހިއްސާކޮށް، ކުރެވިފައިވާ ތަޖުރިބާތަކުގެއަލީގައި ހިޔާލުފާޅުކުރުމުގެ ފުރުސަތު ފަހިވެގެންގޮސްފައިވެއެވެ.