ޚަބަރު

5 މިލިއަން ގަސް އިންދުމުގެ ޕްރޮޖެކްޓް: އާރް.އޭ.ސީ.އެލް އާއި ބައްދަލުކުރެއްވުން

22 ޖުލައި 2024

ކުރިއަށް އޮތް 5 އަހަރުތެރޭގައި ރާއްޖޭގައި 5 މިލިއަން ގަސް އިންދުމަށް އަމާޒުކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދު ފުރިހަމަކުރުމަށް، މި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ނާއިފް 5 މިލިއަން ގަސް އިންދުމުގެ އަމާޒަށް ވާޞިލްވުމަށްޓަކައި ރީޖަނަލް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް (އާރް.އޭ،ސީ.އެލް) ގެ އިސް ބޭފުޅުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި 5 މިލިއަން ގަސް މަޝްރޫޢުއަކީ 5 އަހަރު ދުވަހުގެ ތެރޭގައި 5 މިލިއަން ގަސް އިންދުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުރިހަމަކުރުމަށް ހިންގޭ މަޝްރޫޢުއެއްކަން ފާހަގަ ކުރައްވާ އާރް.އޭ،ސީ.އެލް އާއި ގުޅިގެން މިކަން ޙާސިލުކުރުމުގައި ކުރެވިދާނެ ކަންކަން ވަނީ މަޝްވަރާ ކުރައްވާފައެވެ. ދެ މުއައްސަސާ އެކުގައި މި މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް ރޭވިދާނެ ހަރަކާތް ތަކާއި ކުރެވިދާނެ ކަންކަމަށް އަލިއަޅުވާލައި އާރް.އޭ،ސީ.އެލް އިން މިކަމުގައި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ވަނީ އަރުއްވާފައެވެ.