ޚަބަރު

ކޮމަން އެލާޓިންގ ޕްރޮޓޮކޯލް (ސީ.އޭ.ޕީ) މަސައްކަތު ބައްދަލުވުން ފަށައިފި

1 ޖޫން 2016

ކޮމަން އެލާޓިންގ ޕުރޮޓޮކޯލް (ސީ.އޭ.ޕީ) މަސައްކަތު ބައްދަލުވުން މިއަދު ފަށައިފިއެވެ. ކޮމަން އެލާޓިން ޕުރޮޓޮކޯލް (ސީ.އޭ.ޕީ) އަކީ ދުނިޔޭގެ މުވާސަލާތީ ޖަމްޢިއްޔާ (އައި.ޓީ.ޔޫ) އާއި ދުނިޔޭގެ މޫސުމާބެހޭ ޖަމްޢިއްޔާ ވަރލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއު.އެމް.އޯ) އިން ކަނޑައަޅާފައިވާ، ހުރިހާވައްތަރެއްގެ (ޤުދުރަތީ އަދި އިންސާނީ ޢަމަލުތަކުން ދިމާވާ) ކާރިސާތަކަށް އަދި ގިނަ މުވާސަލާތީ އާލާތްތަކަށް ބޭނުންކުރެވޭ ގޮތައް އެލާޓް ފޮނުވުމަށް ތައްޔާރު ކޮށްފައިވާ މިންގަޑެކެވެ. މި ސީ.އޭ.ޕީ މިންގަޑަށް އެލާޓް މެސެޖްތައް ފަސޭހަކަމާއެކު ތައްޔާރުކޮށް ފޮނުވުމަށްޓަކައި UNESCAP ގެ ފަރާތުން އޭޝިޔާ ޕެސިފިކް ސަރަޙައްދުގެ 3 ޤައުމެއްގައި ކުރިއަށްގެންދާ ޕުރޮޖެކްޓް (ކެޕް އޮން އަ މެޕް) ރާއްޖޭގައި ކުރިޔައް ގެންދަވަނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުގެ ފަރާތުންނެވެ.

މި ޕުރޮޖެކްޓްގެ ދަށުން އޭޝިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އޭ.އައި.ޓީ) އާއި ސަހާނާފައުންޑޭޝަން ގެ ފަރާތުން ތައްޔާރުކޮށްފައި ވާ ސޮފްޓްވެއަރ (ސަމްބްރޯ/SAMBRO) ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރ އާއި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (އެމް.އެމް.އެސް) ގައި އިމްޕްލިމެންޓްކޮށް މި ސޮފްޓްވެއާ ބޭނުންކުރަން ދަސްކޮށްދިނުމުގެ ގޮތުން މިހިނގާ މޭ މަހުގެ 29 އިން 31 އަށް މި ދެ މުވައްސަސާގެ މުވައްޒަފުންނަށް މަސައްކަތު ބައްދަލުވުމެއް ބޭއްވުނެވެ.

މިއަދު (1 ޖޫން 2016) މި ހިންގޭ މަސައްކަތު ބައްދަލުވުމަކީ ރާއްޖޭގެ ކަމާ ގުޅުންހުރި އެހެނިހެން މުވައްސަސާތަކުގައިވެސް މި ސޮފްޓްވެއާ (ސަމްބްރޯ) ބޭނުން ކުރާނެގޮތް ކިޔައިދިނުމާއި އެކަމާބެހޭ އިތުރު މަޢުލޫމާތު ދިނުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން އިންތިޒާމުކޮށް މޯލްޑިވުސް މީޓިއޮރޮލޮޖިކަލް ސާވިސް އާއި ގުޅިގެން ހިންގޭ މަސައްކަތު ބައްދަލުވުމެކެވެ. މި މަސައްކަތު ބައްދަލުވުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވަނީ ސަހާނާފައުންޑޭޝަންގެ ފަރާތުން މި ސޮފްޓްވެއާ ހެދުމުގައި ހަރަކާތްތެރިވާ ފަންނީ މާހިރެއްގެ އިތުރުން މޯލްޑިވްސް މީޓޮއޮރޮލޮޖިކަލް ސަރވިސަސް (އެމް.އެސް.އެސް) ގެ ފަންނީ މުވައްޒަފުންނެވެ.