ތިލަފުށީގެ ކުނި މެނޭޖްކުރާ ފެސިލިޓީގެ އިންޖިނިއަރިންގ ޑިޒައިން ހެދުމަށާއި ޒޯން 3 ގެ ކުނި މެނޭޖްކުރާ ސިސްޓަމްގެ ފީސިބިލިޓީ ސްޓަޑީ ހެދުމަށް ބަޔަކާ މިއަދު ޙަވާލުކޮށްފިއެވެ. އެގޮތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ ވޯޓަރ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ، އަލްފާޟިލް ޢަލީ އާމިރެވެ. އަދި ވޯޓަރ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ، އަލްފާޟިލް ހަސަން ޝާހެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ ދިވެހި 5,194,000.00 ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 08 މަސް ދުވަހުގެ ތެރޭގައެވެ.
ޚަބަރު
ތިލަފުށީގެ ކުނި މެނޭޖްކުރާ ފެސިލިޓީގެ އިންޖިނިއަރިންގ ޑިޒައިން ހެދުމަށާއި ޒޯން 3 ގެ ކުނި މެނޭޖްކުރާ ސިސްޓަމްގެ ފީސިބިލިޓީ ސްޓަޑީ ހެދުމަށް ބަޔަކާ ޙަވާލުކޮށްފި
![](https://www.environment.gov.mv/v2/wp-content/uploads/2016/12/20161227-pic-feasibility-zone3-engg-dwg-thilafushi-wmc-02-800x450.jpg)