ޚަބަރު

ސްޓޭޓް އޮފް އެންވަޔަރަންމަންޓް 2016 އިފްތިތާޙުކޮށްފި

2 ފެބްރުއަރީ 2017

“ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް” (އެސް.އޯ.އީ) މިއަދު ނެރެފިއެވެ. މި ރިޕޯޓް ނެރެދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. މި ރިޕޯޓަކީ ދިވެހިރާއްޖޭގެ ތިމާވެށީގެ ޙާލަތު ދެނެގަތުމަށްޓަކައި މި މިނިސްޓްރީއިން ނެރެމުން އަންނަ ރިޕޯޓެކެވެ.

މިގޮތުން 1994، 2001، 2002، 2004 އަދި 2011 ވަނަ އަހަރު އެސް.އޯ.އީ. ރިޕޯޓު ތައްޔާރުކޮށް މި މިނިސްޓްރީން ވަނީ ނެރެފައެވެ.

އެސް.އޯ.އީ ރިޕޯޓްގައި މައިގަނޑު ގޮތެއްގައި ބަލާލެވޭނީ ރާއްޖޭގެ ވައިގެ ކޮލިޓީއާއި، ރަށްރަށުގެ ފެންފަށަލައާއި، ދިރޭތަކެތީގެ ނަސްލުތަކާއި، ކުނީގެ ޙާލަތު އޮތް ގޮތާއި، ހަކަތައިގެ ޙާލަތު އޮތް ގޮތާއި، ހޭޅިފަށާއި ގޮނޑުދޮށްތަކުގެ ޙާލަތު މިހާރު އޮތްގޮތުގެ މައްޗަށެވެ.