ޚަބަރު

ފ. ބިލެއްދޫ، ރ. އިންނަމާދޫ، ށ. ފީވައް، ގދ. މަޑަވެލީގެ ނަރުދަމާ ޑިޒައިން ކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ޙަވާލުކޮށްފި

5 ފެބްރުއަރީ 2017

އެކަށީގެންވާ ނަރުދަމާގެ ނިޒާމްގެ ޚިދުމަތް އެންމެހައި ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ ސިޔާސަތުގެ ދަށުން ފ. ބިލެއްދޫ، ރ. އިންނަމާދޫ، ށ. ފީވަކު، ގދ. މަޑަވެލީގެ ނަރުދަމާ ނިޒާމު ޑިޒައިން ކުރުމުގެ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އާއި މި މިނިސްޓްރީއާއި ދެމެދު މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އަހްމަދު ޝަރީފެވެ. ދިވެހި ސަރުކާރުގެ ޚަރަދުގައި ކުރިއަށްގެންދާ މި މަސައްކަތް ފެނަކަ ކޯޕްރޭޝަން ލިމިޓެޑްއާ ޙަވާލު ކުރެވިފައިވަނީ 2,100,347.6( ދެ މިލިއަން އެއް ސަތޭކަ ހާސް ތިން ސަތޭކަ ސަތޭކަ ސާޅީސް ހަތް ރުފިޔާ ހަ ލާރި) އަށެވެ. މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚަކީ ކޮންޓްރެކްޓް އެގްރީމެންޓުގައި ސޮއިކުރާ ތާރީޚުން ފެށިގެން 3 މަސް ދުވަހެވެ.