ޚަބަރު

ކ. ތިލަފުށީގައި އިންސިނެރޭޓަރު ބެހެއްޓުމަށް ބަޔަކާ ޙަވާލުކޮށްފި

6 ޖުލައި 2017

ކ. ތިލަފުށީގައި އިންސިނެރޭޓަރު ބެހެއްޓުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. އެގޮތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ އެސް.އޭ.ޑަބްލިއު އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި އެސް.އޭ.ޑަބްލިއު އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އޭ.ޕީ ޖަޔަރަތްނާ އެވެ. މަސައްކަތުގެ ޖުމްލަ އަގަކީ 2,399,789.80 ޔޫ.އެސް ޑޮލަރެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 05 މަސް ދުވަހުގެ ތެރޭގައެވެ. ތިލަފުށީގައި މިހާރު ކުރިއަށްގެންދާ އުޞޫލުން ނުރައްކާތެރި ގޮތުގައި ކުނި އެންދުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ހުއްޓާލުމަށްޓަކައި އެތަނުގައި 20 ޓަނުގެ އިންސިނެރޭޓަރެއް މިހާރުން މިހާރަށް ޤާއިމުކޮށް އެސިސްޓަމް ބޭނުންކޮށްގެން މިވަގުތަށް ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.