ޚަބަރު

އެނަރޖީ އެފިޝެންސީ އަށް ހޭލުންތެރިކުރުމަށް ބޭނުންކުރާނެ ތަކެތި ތައްޔާރުކުރުމަށް ބީ ކިއުބްޑް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި

25 ސެޕްޓެމްބަރ 2017

އެނަރޖީ އެފިޝެންސީ އަށް ހޭލުންތެރިކުރުމަށް ބޭނުންކުރާނެ ތަކެތި ތައްޔާރުކުރުމަށް މިނިސްޓްރީއާއި ބީ ކިއުބްޑް ޕްރައިވެޓް ލިމިޓެޑާއި ދެމެދު މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިނިސްޓްރީގައި ބާއްވައިފިއެވވެ. މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޕަރމަނަންޓް ސެކެރެޓަރީ އަލްފާޟިލް އަޖުވަދު މުސްތަފާއެވެ.
ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވުނު މި މަސައްކަތުގެ އަގަކީ 116،600 ރުފިޔާއެވެ.
މި އެއްބަސްވުމުގެ ދަށުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހިންގާ ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް (އެލް.ސީ.އީ.އައި) މަޝްރޫޢުގެ އެނާރޖީ އެފިޝަންސީއަށް ހޭލުންތެރިކުރުމަށް ބޭނުންކުރުރާނެ ޕޯސްޓަރާއި، ލީފްލެޓް ފަރުމާކުރުމާއި މަޝްރޫޢުގެ އެކިއެކި ހަރަކާތްތަކުގައި ބޭނުންކުރާނެ ބެކްޑްރޮޕާއި ބެނާ ފަރުމާކުރުމާކޮށް ތައްޔާރުކޮށްދިނުމާއި، އެނަރޖީ އެފިޝަންސީ ޕްރޮމޯޓް ކުރުމަށް ބޭނުންކުރާނެ އެހެނިހެން ތަކެތި ފަރުމާކުރުން ހިމެނެއެވެ.

20170925-pic-contract-to-develop-energy-efficiency-materials-02

މި މަސައްކަތަކީ މިމިނިސްޓްރީއާއި އ.ދ ގެ ތިމާވެއްޓާއިބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) އެހީގެ ދަށުން، ކުރިއަށް ގެންދާ “ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް” މަޝްރޫޢުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ކްލައިމެޓް ޗޭންޖާއި އެނަރޖީ އެފިޝަންސީއަށް ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށްގެންދާ މަސައްކަތެކެވެ.