ޚަބަރު

ވ. ފުލިދޫގައި ރަށު ފެންވަރުގައި ކުނި މެނޭޖްކުރާ ސެންޓަރެއް ޤާއިމުކުރުމަށް ބަޔަކާ ޙަވާލުކޮށްފި

28 ސެޕްޓެމްބަރ 2017

ވ. ފުލިދޫގައި ރަށު ފެންވަރުގައި ކުނި މެނޭޖްކުރާ ސެންޓަރެއް ޤާއިމުކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް ޢަލީ އާމިރެވެ. އަދި ނިއު ހިޔާ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަލްފާޟިލް ހުސެއިން ސިމާއުއެވެ.

މި މަޝްރޫޢުއަކީ ދިވެހި ސަރުކާރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. އަދި މި މަސައްކަތުގެ ޖުމްލަ އަގަކީ 1,056,106.86 (އެއް މިލިއަން ފަންސާސް ހަ ހާސް އެއް ސަތޭކަ ހަ ރުފިޔާ އަށްޑިހަ ހަ ލާރި) ދިވެހި ރުފިޔާއެވެ.

މި މަޝްރޫޢު ނިންމުމަށް ކަނޑައެޅިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 75 ދުވަހުގެ ތެރޭގައެވެ.