ޚަބަރު

ނ. ހެނބަދޫ އާއި އއ. ފެރިދޫ ނަރުދަމާ ނިޒާމުގެ ޑިޒައިން އަދި ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކުރުމުގެ މަސައްކަތް ޙަވާލުކޮށްފި

3 އޯގަސްޓް 2016

ނ. ހެނބަދޫ އަދި އއ. ފެރިދޫ ނަރުދަމާ ނިޒާމުގެ ޑިޒައިން އަދި ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކުރުމަށް ރިޔަން ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްފިއެވެ. މިކޮންސަލްޓަންސީ މަސައްކަތް ރިޔަން ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކުރުންއޮތީ އެކަމަށްޓަކައި މިއަދު މިނިސްޓްރީ އޮފް އެންވަރަންމަންޓް އެންޑް އެނާރޖީގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ. މި މަސައްކަތާއި ގުޅޭ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ތާރިޤް އިބްރާހިމް އެވެ. އަދި ރިޔަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހިމް ހަމީޒެވެ.

މިއަދު މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ނ. ހެނބަދޫ އަދި އއ. ފެރިދޫގެ ނަރުދަމާ ނިޒާމް ޤާއިމް ކުރުމަށްޓަކައި ބޭނުންވާ ޑިޒައިން އަދި ޓެންޑަރ ޑޮކިއުމަންޓް ހެދުމުގެ މަސައްކަތް ކުރެވޭނެއެވެ.

ސަރުކާރުގެ ޕީ. އެސް.އައި.ޕީ ބަޖެޓުން ޚަރަދުކުރުމަށް ހަމަޖެހިފައިވާ މި މަސައްކަތުގެ ޖުމްލަ އަގަކީ 507,000.00 ރ (ފަސްލައްކަ ހަތްހާސް ރުފިޔާ) އެވެ. މި މަސައްކަތް ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތަކަކީ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 06 މަސް ދުވަހެވެ.