މި މިނިސްޓްރީ އާއި މިނިސްޓްރީގެ އެކި އިދާރާތަކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭ މަޢުލޫމާތު ޔޫތު ފެއަރ 2016 ގައި ދޭނެއެވެ. މިގޮތުން މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީ.ޕީ.އޭ)، މޯލްޑިވްސް އެނަރޖީ އޮތޯރިޓީ (އެމް.އީ.އޭ)، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސަސް (އެމް.އެމް.އެސް) އަދި ބ. އަތޮޅުގައި ހުންނަ ބަޔޯސްފިއަރ ރިޒަރވް އޮފީހުގައި ހުރި ވަޒީފާގެ ފުރުސަތުތައް ހިމެނެއެވެ. މި ފެއަރ އޮންނާނީ މި ހިނގާ އޯގަސްޓް މަހުގެ 04 އިން 06 އަށް ދަރުބާރުގޭގައެވެ.
މިނިސްޓްރީގައި ހުރި ވަޒީފާތަކުގެ މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކުރެވޭނެއެވެ.
މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އިންތިޒާމްކޮށްގެން ކުރިއަށްދާ މި ފެއާ ހުޅުވިފައި ހުންނާނީ ހަވީރު 16:00-18:00 އަދި ރޭގަނޑު 23:00-20:00 އަށެވެ.