ޚަބަރު

ގދ.މަޑަވެލީގެ ނަރުދަމާ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ބަޔަކާ ޙަވާލުކޮށްފި

19 އޭޕްރިލް 2018

ގދ.މަޑަވެލީގެ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ލޭބަރ ކޮންޓްރެކްޓް މޮޑެލްގެ ދަށުން އެސް.ޖޭ ކޮންސްޓްރަކްޝަން އާއި ހަވާލުކޮށްފިއެވެ. މި މަސައްކަތް އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރއިވެޓް ލިމިޓެޑާއި ޙަވާލުކުރުންއޮތީ އެކަމަށްޓަކައި މިއަދު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި ކޮންޓްރެކްޓަރ ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަލްފާޟިލް ޝިހާދު އިބްރާހީމެވެ.

ގދ. މަޑަވެލީ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތަށް ހުށަހަޅާފައިވާ ޖުމްލަ އަގަކީ 14,995,735.20ރ (ސާދަ މިލިޔަން ނުވަސަތޭކަ ނުވަދިހަ ފަސްހާސް ހަތްސަތޭކަ ތިރީސްފަސް ރުފިޔާ ވިހިލާރި ) ދިވެހި ރުފިޔާއެވެ. މި މަސައްކަތް ނިންމުމަށް ކަނޑައެޅިފައިވާ ތާރީޚަކީ ސޮއިކުރާ ތާރީޚުން ފެށިގެން 12 މަސް ދުވަހެވެ.