ޚަބަރު

ގއ. ކޮނޑޭ ކުނި މެނޭޖުކުރާ މަރުޒަކު ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

14 އޯގަސްޓް 2016

ގއ. ކޮނޑޭ ގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. މިގޮތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ ވެލްމެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތު އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި ވެލްމެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ސަލީމެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 779,725.72 ރ (ހަތްލައްކަ ހަތްދިހަ ނުވަހާސް ހަތްސަތޭކަ ފަންސަވީސް ރުފިޔާ ހަތްދިހަ ދޭއް ލާރި) އެވެ.