ޚަބަރު

ރ. އުނގޫފާރު ކުނިކޮށި އަޕްގްރޭޑުކުރުމަށް ބަޔަކާ ޙަވާލުކޮށްފި

14 އޯގަސްޓް 2016

. އުނގޫފާރުގެ ކުނިކޮށި އަޕްގްރޭޑް ކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. އެގޮތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ ވެލްމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މިނިސްޓްރީގެ ފަރާތުން މި ކޮންޓްރެކްޓުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި ވެލްމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ސަލީމެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 338,577.17 (ތިން ލައްކަ ތިރީސް އަށް ހާސް ފަސް ސަތޭކަ ހަތްދިހަ ހަތް ރުފިޔާ ސަތާރަ ލާރި) އެވެ.