Loading...
Loading...
ތައާރަފް
މި މިނިސްޓްރީއަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ އިތުރުން، ހަކަތައާއި ފެނާއި ނަރުދަމާ އަދި ކުނި މެނޭޖުކުރުމުގެ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރާ މައިގަނޑު އިދާރާއެވެ. މި އިދާރާގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ގުދުރަތީ ވަސީލަތްތަކާއި ދިރޭތަކެތީގެ ނަސްލުތައް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކޮށް، ތަރައްޤީގެ ބިންގަލަކީ ތިމާވެށި ކަމުގައި ހެދުމެވެ.
މިނިސްޓްރީގެ މުހިންމު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދާއިރާއާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތައް ހަދައި ހިންގުމާއި، ގައުމީ ފެންވަރުގައި ހާސިލުކުރަންޖެހޭ ތިމާވެށީގެ ލަނޑުދަނޑިތައް ކަނޑައެޅުން ހިމެނެއެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ މައިދާނުގައި މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ވަކާލާތުކުރުމާއި، ތިމާވެށި ހިމާޔަތްކުރުމުގެ މަޝްރޫޢުތަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ހޯދުމަށް މި އިދާރާއިން އިސްނަގައިގެން މަސައްކަތްކުރެއެވެ.
މިނިސްޓްރީން ކުރާ އެހެނިހެން މުހިންމު މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ އައްސޭރިފަށުގެ ސަލާމަތާއި ރައްކާތެރިކަން ދެނެގަތުމަށް ދިރާސާކުރުމާއި، ނުރައްކާތެރި ކެމިކަލްތަކުން ތިމާވެށްޓަށް ކުރާ އަސަރުތައް ކުޑަކުރުމާއި، އަދި އާންމު ބޭނުންތަކުގެ ޚިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭ ހަރުދަނާ އުސޫލުތައް އެކަށައެޅުން ހިމެނެއެވެ. މި ހުރިހާ މަސައްކަތެއް ބައްޓަންކުރެވިފައިވަނީ ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މަތިވެރި މަގުސަދުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޝާއިޢުކޮށްފައިވާ މި ވުޒާރާގެ މެންޑޭޓް ބައްލަވާ
ހުޅުވޭނީ އާ ވިންޑޯއެއްގައި
އަދަށްވުރެ ފެހި، ސާފު އަދި ވިލުންތެރި ރާއްޖެއަކަށް.
މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމާއި، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކާއި، ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއި، ފެނާއި ނަރުދަމާ، ހަކަތަ އަދި ކުނި މެނޭޖުކުރުމުގެ ދާއިރާއާ ގުޅޭ ސިޔާސަތުތަކާއި ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމާއެކު، މި ދާއިރާތަކުގެ ކުރިއެރުމަށް ބޭނުންވާ މަޝްރޫޢުތައް ރާވައި، ހިންގާ ބެލެހެއްޓުން.
އަންނަން އޮތް ޖީލުތަކުގެ ބޭނުންތަކަށް ހުރަސްނޭޅޭނޭހެން، މިހާރުގެ ބޭނުންތައް ފުއްދުމަށްޓަކައި ގުދުރަތީ ވަސީލަތްތައް ޒިންމާދާރުކަމާއެކު ބެލެހެއްޓުމަށް ބާރުއެޅުން.
މޫސުމީ އަދި ތިމާވެށީގެ ގޮންޖެހުންތަކުން އަރައިގަތުމަށާއި، އެފަދަ ކަންކަމަށް ހޭނުމަށާއި، ކުރިއަށްލަފާކޮށް ތައްޔާރުވުމަށް ގައުމީ ގާބިލުކަން އަޅުގަނޑުމެން ވަރުގަދަކުރުން.
އަޅުގަނޑުމެންގެ ހުރިހާ އަމަލުތަކެއްގައާއި ނިންމުންތަކެއްގައި ދެފުށް ފެންނަ، ޒިންމާދާރު، އަދި އަހުލާގީ މިންގަނޑުތަކަށް ފެތޭ ހިންގުމެއް އަޅުގަނޑުމެން ދެމެހެއްޓުން.
މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ކުނި މެނޭޖުކުރުމާއި، ފެނާއި ނަރުދަމާ އަދި ހަކަތައިގެ ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި، ކުރިއަރާފައިވާ ވިސްނުންތަކާއި، ޓެކްނޮލޮޖީ އަދި އުސޫލުތައް ބޭނުންކުރުން.
ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި، މުއައްސަސާތަކާއި، އަދި ބައިނަލްއަގުވާމީ ފަރާތްތަކާއެކު ގުޅިގެން މަސައްކަތްކުރުން.
ޚިދުމަތްތައް ހަމަހަމަކަމާއެކު ލިބިދިނުން ކަށަވަރުކޮށް، ހާއްސަކޮށް ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކުގެ ބޭނުންތަކަށް ރިއާޔަތްކުރުން.
މަސައްކަތުގެ ފެންވަރު ހިފެހެއްޓުމަށާއި، ފަންނީ ގާބިލުކަން އިތުރުކުރުމަށާއި، އަދި މެދުނުކެނޑި މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް އަބަދުވެސް އިސްކަންދިނުން.