މައްތިނި: ޓްރެޑިޝަނަލް ނޮލެޖް ފޮރ ފިއުޗަރ ރެޒިލިއެންސް - ދުނިޔޭގެ ތިމާވެށީގެ ދުވަސް 2026 އާއި ގުޅޭ ހަރަކާތް
"މުސްކުޅި އާދަކާދައިގެ ތެރެއިން މުސްތަޤުބަލުގެ ބަދަހިކަން" މި ނަމުގައި ބާއްވާ މި ސެޝަނަކީ، ޕެނަލް ޓޯކް އެއްގެ އިތުރުން "ހޮޅުއަށި" ނުވަތަ "ސިޕް އެންޑް ޓޯކް" އުސޫލުން ކުރިއަށްދާ ނުރަސްމީ މަޝްވަރާ ބައްދަލުވުމެކެވެ.
"ޓްރެޑިޝަނަލް ނޮލެޖް ފޮރ ފިއުޗަރ ރެޒިލިއެންސް" މި ނަމުގައި ބާއްވާ މި ސެޝަނަކީ، މުސްކުޅި އާދަކާދައިގެ ތެރެއިން ބާއްވާ ޕެނަލް ޓޯކް އެއްގެ އިތުރުން "ހޮޅުއަށި" ނުވަތަ "ސިޕް އެންޑް ޓޯކް" އުސޫލުން ކުރިއަށްދާ ނުރަސްމީ މަޝްވަރާ ބައްދަލުވުމެކެވެ. މި ހަރަކާތުގައި މި ދާއިރާގެ ތަޖުރިބާކާރު އިސްރަށްވެހިންނާއި، މިހާރުގެ ދިރާސާވެރިން ބައިވެރިވެ، ކުރީގެ އާދަކާދަތަކާއި މިހާރުގެ އުސޫލުތައް އަޅާކިޔާނެއެވެ. އަދި ޒުވާން މޮޑަރޭޓަރަކާއެކު، މާޒީއާއި މުސްތަޤުބަލުގެ ބަދަހިކަމާ ހުރި ގުޅުމާ ބެހޭގޮތުން ވާހަކަދެކެވޭނެއެވެ. މި މަޝްވަރާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ އަންނަނިވި ދާއިރާތަކަށެވެ:
• ނަކަތްތެރިކަމާއި ދަތުރުފަތުރު
• ދެމެހެއްޓެނިވި މަސްވެރިކަމުގެ ސަގާފީ އުސޫލުތައް
• ޒަމާނީ ޓެކްނޮލޮޖީ
• މުސްތަޤުބަލުގެ ބަދަހިކަމާ ހުރި ގުޅުން
