ގޯގްރީން 2026" ހަރަކާތް އދ. މަހިބަދޫގައި ކުލަގަދަކޮށް އިފްތިތާޙްކޮށްފި

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް އަމާޒުކޮށް، ކްލީން މޯލްޑިވްސް އާއި ދިރާގު ގުޅިގެން ކުރިއަށްގެންދާ "ގޯގްރީން 2026" ހަރަކާތް، އދ. މަހިބަދޫގައި ފޯރިއާއެކު ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. މި މަޝްރޫޢު އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، 5 މިލިޔަން ގަސް އިންދުމުގެ މަޝްރޫޢުގެ ތަމްސީލީ ބޭފުޅެއްގެ ހައިސިއްޔަތުން، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު މޫސާއެވެ.
.webp&w=1920&q=60)
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު މޫސާ ފާހަގަކުރެއްވި ގޮތުގައި، ކްލީން މޯލްޑިވްސް އަކީ ރާއްޖޭގެ ވެށި ސާފުތާހިރުކޮށް ބޭއްވުމަށާއި ތިމާވެށީގެ މުހިންމުކަން އުނގަންނައިދިނުމުގައި އަގުހުރި މަސައްކަތްތަކެއް ކުރަމުން އަންނަ ނަމޫނާ ޖަމިއްޔާއެއް ކަމުގައެވެ.

އަދި ދިވެހިރާއްޖޭގެ އެންމެ ބޮޑު މުވާޞަލާތީ ކުންފުނި ދިރާގުން، އެ ކުންފުނީގެ ތިމާވެށީގެ ސިޔާސަތު ނުވަތަ "ގޯ ގްރީން" ޙަރަކާތުގެ ދަށުން، ކްލީން މޯލްޑިވްސްއާ ގުޅިގެން މި މަޝްރޫޢު ފެށުމަކީ މިޤައުމީ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި، މިއީ ޒިންމާދާރު ކުންފުނިތަކުން ތިމާވެއްޓަށް ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ފާޅުކަންބޮޑު ހެއްކެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
.webp&w=1920&q=60)
ޑެޕިއުޓީ މިނިސްޓަރ އިތުރަށް ވިދާޅުވީ، 5 މިލިޔަން ގަސް އިންދުމުގެ މަޝްރޫޢު އާއި ކްލީން މޯލްޑިވްސް އާ ދެމެދު 2024 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު 10,000 ގަސް އިންދުމަށް ވެފައިވާ ވަޢުދުގެ ތެރެއިން، ކުރު މުއްދަތެއްގެ ތެރޭގައި 9,000 އަށް ވުރެ ގިނަ ގަސް އިންދާ ނިމިފައިވާ ކަމަށެވެ. އަދި ދިރާގުގެ އެހީތެރިކަމާއެކު މި ހަރަކާތުގައި އިންދާ 1,000 ގަހާއެކު، އެ ޖަމްޢިއްޔާއިން ވީ 10,000 ގަހުގެ ވައުދު ވަރަށް ޝަރަފުވެރިކަމާއެކު ފުރިހަމަވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި ހަރަކާތުގެ ތެރެއިން، މަހިބަދޫގައި ގަސް އިންދުމުގެ ބޮޑު ހަރަކާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
-1920x800.jpg&w=1920&q=60)
ގޯގްރީން 2026" މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިމާވެށި ރައްކާތެރިކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ، ތިމާވެށީގެ މުހިންމުކަން އާންމުންގެ މެދުގައި ހޭލުންތެރިކުރުވުމާއި، ގަސް އިންދުމާއި ކުނި މެނޭޖްކުރުން ފަދަ ކަންކަމުގައި އާންމުން ބައިވެރިކުރުވުމެވެ.
.webp&w=1920&q=60)
މީގެ އިތުރުން، މިރަސްމިއްޔާތުގައި، އުކާލެވިފައިވާ ޕްލާސްޓިކް ރިސައިކަލް ކޮށްގެން ހަދާފައިވާ ބެންޗަކާއި ވަށިގަނޑެއް ވަނީ ދައްކައިލާފައެވެ. މިއީ ރާއްޖޭގައި އުފެދޭ ޕްލާސްޓިކް ކުނީގެ ބޭނުންކޮށްގެން އިޤްތިޞާދީ ގޮތުން ފައިދާހުރި އުފެއްދުންތަކެއް ބާޒާރަށް ނެރެވިދާނެ ފުރުޞަތުތައް އޮތްކަން ހާމަކޮށްދޭ ކަމެކެވެ.
.webp&w=1920&q=60)
